ރެފް ކޫލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 722،000 ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި ހުކުމަކީ ދެ ކުންފުނީގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރެފްކޫލްއިން ފޯރުކޮށްދީފައިވާ މުދަލާއި ޚިދުމަތްތަކަށް ފައިސާ ނުދެއްކުމާ ގުޅިގެން ކުރެވުނު ދަޢުވާއަކަށް ކޯޓުން ނިންމި ނިންމުމެކެވެ.
ކޯޓުގެ ހުކުމުގައި ފެނަކައިން ރެފް ކޫލްއަށް ދައްކަންޖެހޭ 722،81.92 ރުފިޔާ، ތިން މަސްދުވަހުގެ ތެރޭގައި ދައްކައި ޚަލާޞްކުރުމަށް އަމުރުކޮށްފައިވެއެވެ. މި މައްސަލައިގައި ފެނަކައިން ވަނީ ދަޢުވާއަށް އިޢުތިރާފުވެ، ހުކުމާ އެއްގޮތަށް ފައިސާ ދައްކާނެކަމަށް ކޯޓުގައި ބުނެފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، އެކި ފަރާތްތަކުން ހޯދާފައިވާ ޚިދުމަތްތަކަށް ދޭންޖެހޭ ފައިސާއާ ގުޅިގެން މީގެ ކުރިންވެސް ފެނަކައިގެ މައްޗަށް މިފަދަ އެތައް ހުކުމްތަކެއް ކޮށްފައިވާކަމެވެ.


