Wednesday, 29 July 2026
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދުގައި ރަސްމީ ވާހަކަތައް ބޭއްވުން

އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓުމާއި ގުޅިގެން ރައީސް ހަމްދަރުދީ ފާޅުކުރައްވައިފި

އެއާ އިންޑިއާގެ މަތިންދާބޯޓެއް މިއަދު ވެއްޓުމާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ހަމްދަރުދީ ފާޅުކުރައްވައިފިއެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން އިންޑިއާއާއި އެ ގައުމުގެ ރައްޔިތުންނާއެކު ރާއްޖެއިން ދިވެހިން ތިބިކަމަށް ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

އަހުމަދުއާބާދު އެއާޕޯޓަށް ލޭންޑްކުރަން ދަތުރުފެށިތާ ފަސް މިނެޓެއްހާއިރުތެރޭ ވެއްޓުނު ބޮއިންގ 8-787 މަތިންދާބޯޓުގައި ޖުމުލަ 242 މީހުން ތިބިއެވެ. އޭގެތެރޭގައި 230 ފަސިންޖަރުންނާއި 12 ފަޅުވެރިންނާއި 11 ކުޑަކުދިން ހިމެނެއެވެ.

މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުރި މެޑިކަލް ކޮލެޖެއްގެ މައްޗަށް ވެއްޓުނު މި ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި އިންޑިއާގެ 169 މީހުންނާއި، އިނގިރޭސިވިލާތުގެ 53 މީހުންނާއި، ޕޯޗުގީޒުގެ ހަތް މީހުންނާއި، ކެނެޑާގެ އެއް މީހަކު ހިމެނެއެވެ. ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން އެކަކު ފިޔަވާ އެންމެން ވެސް މަރުވެފައިވާކަން ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

ފަހުގެ ތާރީޚެއްގައި އިންޑިއާގެ އޭވިއޭޝަން ދާއިރާގައި ހިނގި އެންމެ ހިތާމަވެރި މި ހާދިސާ ހިނގަން ދިމާވި ސަބަބު އަދި ވަނީ ސާފުނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *