Tuesday, 28 July 2026

ސިންގަޕޫރަކީ ދިވެހިން ތަރައްޤީ ތަޞައްވުރު ކުރުމުގައި ނަމޫނާއަކަށް ބަލާ ޤައުމެއް: ރައީސް މުޢިއްޒު

ސިންގަޕޫރަކީ ދިވެހިން ތަރައްޤީ ތަޞައްވުރު ކުރުމުގައި ނަމޫނާއަކަށް ބަލާ ޤައުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިފަދައިން ރައީސް ވިދާޅުވީ، ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ދެއްވި ޖާފަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުޢިއްޒު ވަނީ ދެ ޤައުމުގެ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުމަށް އަލިއަޅުވާލައްވާފައެވެ. އަދި ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުން ފާހަގަކުރާ މި މުނާސަބަތާ ދިމާކޮށް ކުރައްވާ މި ދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާއި 2014 ވަނަ އަހަރު ކުރިމަތިވި މާލޭގެ ފެނުގެ ކާރިސާގައި ސިންގަޕޫރުން ދެއްވި އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި ހުޅުމާލޭ ޣާޒީ ސްކޫލަކީވެސް އެ ޤައުމުގެ އެހީތެރިކަމާއެކު ތަރައްޤީކޮށްފައިވާ ތަނެއްކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ސިންގަޕޫރުގެ ރައީސް ވިދާޅުވެފައިވަނީ، ދެ ޤައުމުން އެއް ޤައުމު އަނެއް ޤައުމުގެ ތަޖުރިބާތައް ބަލައިގަންނަން ޖެހޭ ކަމަށެވެ. އަދި ބަދަލުވަމުން އަންނަ ދުނިޔޭގައި ކުދި ޤައުމުތަކަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *