ބައިނަލްއަޤްވާމީ ޔޯގާ ދުވަސް މިއަދު ތާޖު މޯލްޑިވްސް ރިސޯޓުގައި ވަނީ ފާހަގަކޮށްފިއެވެ. ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން އިންތިޒާމްްކުރު މި ހަރަކާތުގައި 500 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.
މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރެވެ. އަދި އިންޑިއާގެ ހައި ކޮމިޝަނަރު ޖީ. ބަލަސުބްރަމަނިއަމް ވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އިންޑިއާއިން ކޮންމެ އަހަރަކުވެސް ކުލަގަދަކޮށް ފާހަގަކުރާ ޔޯގާ ދުވަސް ރާއްޖޭގައިވެސް އިންޑިއާ އެމްބަސީން އަންނަނީ ފާހަގަކުރަމުންނެވެ.


