Tuesday, 28 July 2026

މަޖިލީހުގެ ނައިބު ރައީސް ޗައިނާއަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާ ތަމްސީލުކުރައްވާ އަހުމަދު ނާޒިމް، ޗައިނާގެ ކުންމިންގައި ބޭއްވޭ މުހިންމު ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށް މިއަދު އެ ގައުމަށް ފުރާވަޑައިގެންފިއެވެ.

މަޖިލީހުގެ އިދާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ނާޒިމް ބައިވެރިވެވަޑައިގަންނަވަނީ 9 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ އާއި 6 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައެވެ. މި ދެ ހަރަކާތް ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

ޗައިނާއާއި ދެކުނު އޭޝިއާގެ ގައުމުތަކުގެ ވިޔަފާރިއާއި އިގުތިސާދީ ގުޅުންތައް ބަދަހިކުރުމަށް މަގުފަހިކޮށްދޭ މި ބައްދަލުވުންތަކުގައި ނާޒިމް ތަގުރީރުކުރައްވާނެ ކަމަށް ވެސް މަޖިލީހުގެ އިދާރާއިން ހާމަކުރައްވާފައިވެއެވެ. މި ދަތުރުގެ އެންމެހައި ޚަރަދުތައް ހަމަޖައްސަވަނީ ޗައިނާގެ ސަރުކާރުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *