ރާއްޖޭގެ އިޤްސާދީ ސިސަތުތަކާ އެއްގޮތަށް، އުފެއްދުންތެރިކަން އިތުރުކޮށް، ޒަމާނީ މާލީ ޚިދުމަތްތައް ތަރައްޤީކުރުމަށް ސަރުކާރުން އައު ކުންފުންޏެއް އުފައްދައިފިއެވެ.
ގްރޭޓަ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑްގެ ނަމުގައި މި ކުންފުނި އުފެއްދެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރު ނަންބަރު 15/2025 ގެ ދަށުން، މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްގެންނެވެ.
މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އިޤްޔާތިޞާދީ ސިސަތުތަކާ އެއްގޮތަށް، އުފެއްދުންތެރިކަން އިތުރުކޮށް، ޒަމާނީ މާލީ ޚިދުމަތްތައް ތަރައްޤީކުރުމެވެ. މީގެ ތެރޭގައި ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތަކާއި، ޑިޖިޓަލް ރިއަލް އެސްޓޭޓް، ފައިނޭންޝަލް ޓޫރިޒަމް އަދި ބޭންކިންގ ޚިދުމަތްތައް ހިމެނެއެވެ. އަދި ރާއްޖެ ބައިނަލްއަޤްވާމީ މާލީ މަރުކަޒަކަށް ހެދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމެވެ.
މި ކުންފުނީގެ ހުއްދަކުރެވިފައިވާ ރައުސުލްމާލުގެ ގޮތުގައި ކަނޑައަޅާފައިވަނީ 10 ރުފިޔާގެ 100 މިލިއަން ހިއްސާއެވެ. މިއީ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.


