Tuesday, 28 July 2026

ޗައިނާގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސް މުއިއްޒަށް އަރުވައިފި

ޗައިނާއިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު ކޮންގް ޝިއަންހުއާ، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު، ރައީސް މުއިއްޒާއި ސަފީރު ކޮންގް ވަނީ ވަކިން ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.

ބައްދަލުކުރެއްވުމުގައި ސަފީރު ކޮންގް ވަނީ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައިވެސް ޗައިނާގެ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިން ޕިންގ އަށް ރާއްޖެއާއި ދިވެހި ރައްޔިތުންނަކީ ވަރަށް މުހިންމު އަދި ގާތް ބައެއްކަން ފާހަގަކުރައްވާފައިވެއެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަކީ 50 އަހަރަށްވުރެ ދިގު މާޒީއެއް އޮތް ގުޅުމެކެވެ. ރާއްޖެއާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވަނީ 1972 ވަނަ އަހަރުގެ އޮކްޓޯބަރު 14 ވަނަ ދުވަހުއެވެ. އޭގެ ފަހުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަނީ އެކި ދާއިރާތަކުން އިތުރަށް ވަރުގަދަވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *