ދިވެހި އައިޑީ ކާޑާއި އީ-ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް މެލޭޝިއާގެ ކުއަލަލަމްޕޫރުގައި މިއަދު ފަށައިފިއެވެ.
އެ ހިދުމަތް މި ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު މެލޭޝިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މި ގައުމުގައި ދިރިއުޅެމުން އަންނަ ދިވެހިންނާ ބައްދަލުކުރައްވަން ބޭއްވި ރަސްމިއްޔާތުގަ އެވެ. އެ ގައުމުގައި ފުރަތަމަ ޕްރިންޓުކުރި ދިވެހި ޕާސްޕޯޓާއި އައިޑީ ކާޑު، އޭގެ ވެރިފަރާތާ ހަވާލުކޮށްދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.
މެލޭޝިޔާއަކީ އެންމެ ގިނަ އަދަދެއްގެ ދިވެހީން ހިޖުރަކޮށްފައިވާ އެއް ގައުމެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ މެލޭޝިއާގައި އުޅޭ ދިވެހިންނަށް ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން މަސައްކަތައް ކުރަމުން އަންނަ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވަނީ މެލޭޝިއާގަައި އުޅޭ ދިވެހި ކިޔަވާ ކުދިން ތަމްސީލުކުރުމަށް ސްޓޫޑަން އެސޯސިއޭޝަން ވެސް އުފައްދައިފަ އެވެ.
ރަސްމީ ދަތުރުފުޅެއްގައި ރައީސް މެލޭޝިޔާއަށް ވަޑައިގަތީ، އެ ގައުމުގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައުވަތަކަށެވެ.


