Tuesday, 28 July 2026

ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިޔަފާރި އުސޫލުން މޫދު ވިނަ އާލާކުރަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިޔަފާރި އުސޫލުން މޫދު ވިނަ އާލާކުރުމުގެ މަޝްރޫއެއް އިއްޔެ އިފުތިތާހުކޮށްފިއެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން އިން ބުނީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމަށް ފްލޯޓިންގް އޭކަރސް އިން ކުރިޔަށްގެންދާ މަޝްރޫއު ބ. ފެހެންދޫގައި ވަޒީރު އަހުމަދު ޝިޔާމް ރަސްމީކޮށް މިއަދު އިފްތިތާހުކޮށް ދެއްވި ކަމަށެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ، މި މަޝްރޫއަކީ ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިގުތިޞާދީ މަސައްކަތް ފުޅާކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކޮށް، މެރިކަލްޗާ ސިނާއަތަކީ ދިވެހީންނަށް އިގްތިޞާދީ ނަފާ ލިބޭ ސިނާއަތަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކަމެއް ކަމަށެވެ.

މި މަޝްރޫއުގެ ސަބަބުން މެރިކަލްޗާ ދާއިރާގައި އިތުރު މަޝްރޫއުތައް ތަރައްގީ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށާއި، މީގެ ނަތީޖާއެއްގެ ގޮތުން، ރަށުގައި ތިބެގެން ޒުވާނުންނާއި ކަނބަލުންނަށް އައު ވަޒީފާގެ ފުރުސަތުތައް ހުޅުވި، ގައުމުގެ އެކްސްޕޯޓް އާމްދަނީ އިތުރުވެ، ޒަމާނީ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފުވެ، ދިވެހިންނަށް އާ ހުނަރުތައް ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެކަން އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. އަދި މިއީ ގައުމުގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެއްކަން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ދިވެހިރާއްޖެއަކީ 99 އިންސައްތަ ކަނޑު ހިއްސާކުރާ ޤައުމަކަށްވާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ގިނަ ރަށްރަށުގައި މޫދުވިނަ އާލާކުރުމުގެ މަސައްކަތް ފެށި، ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *