Tuesday, 28 July 2026

ގަން އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް އިންޑިއާ ހައި ކޮމިޝަނަރު ބައްލަވާލައްވައިފި

އިންޑިއާ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ކުރިއަށްދާ ގަން އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް އިންޑިއާގެ ހައި ކޮމިޝަނަރު މިއަދު ބައްލަވާލައްވައިފިއެވެ.

އައްޑޫ ސިޓީގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ބައިނަލްއަޤްވާމީ ފެންވަރުގެ ވައިގެ ބަނދަރެއްގެ ޚިދުމަތްތައް އައްޑޫ ސިޓީގައި ޤާއިމްކުރެވިގެންދާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ވަނީ ބުނެފައެވޗެ.

މި މަޝްރޫޢުގެ ސަބަބުން އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބި، އިތުރު ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މީގެ ސަބަބުން އައްޑޫ ސިޓީގެ އިޤްތިޞާދީ ދުވެލި އިތުރުވެގެންދާނެ ކަމަށްވެސް ލަފާކުރެވެއެވެ.

އިންޑިއާ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ކުރިއަށްދާ މި މަޝްރޫޢަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ މަޝްރޫޢެއް ކަމުގައިވެސް ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *