Tuesday, 28 July 2026

އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓާލަންދެން އެ ގައުމުގެ ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަންގެ ޤާނޫނަށް ގެނެވުނު އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި އިސްލާހަކީ އިސްރާއީލުން ފަލަސްޠީނުގެ މައްޗަށް ހިންގަމުންދާ އަނިޔާވެރި ހަމަލާތަކާއި އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކާ ގުޅިގެން ރާއްޖެއިން އަޅާ ފިޔަވަޅެކެވެ. މި ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 83 މެންބަރުންގެ ފުރިހަމަ ތާއީދާއެކުއެވެ.

ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ މައިދާނުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރީގެ ސަރަހައްދުތަކުގައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ގޮވާލުން ހިމެނެއެވެ.

މީގެއިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފަލަސްޠީނަށް އދ.ގެ ފުރިހަމަ މެންބަރުކަން ދިނުމަށް އެކި ފަހަރުމަތިން ގޮވާލައްވާފައެވެ. މިހާރު މި ބިލު ތަސްދީގުކުރެއްވުމާއެކު، އިޒްރޭލް ޕާސްޕޯޓް ބޭނުންކޮށްގެން އެ ގައުމުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ވަނީ ހިފެހެއްޓިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *