Tuesday, 28 July 2026

60 އަހަރުން މަތީގެ މީހުންނަށް ވަކި ލައިސަންސެއް ދޫކުރަން ފަށައިފި

އުމުރުން 60 އަހަރުވުމުން ހަތަރު ފުރޮޅުލީ އުޅަނދު ނުދުއްވޭ ގޮތަށް އެއްގަމު އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އިސްލާހެއް ގެނެސްފިއެވެ.

މިނިސްޓްރީން މިއަދު ގެޒެޓްކުރި އިސްލާހުގެ ދަށުން، ދޮށީ އުމުރުގެ މީހުންނަށް ހާއްސަ ލައިސަންސެއް ދޫކުރަން ފަށާއިރު، މި ލައިސަންސް ދޫކުރެވޭނީ އެކަމަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް ފަހުގައެވެ. މި ލައިސަންސްގެ ދަށުން ދުއްވުމުގެ ހުއްދަ ދެވޭނީ 60 ސީސީއިން ދަށުގެ މޮޓޯސައިކަލާއި އޮޓޯ ސައިކަލް އަދި ރަށު ޕިކަޕް ފަދަ އުޅަނދުތަކަށް އެކަންޏެވެ.

އައު އިސްލާހުގެ ދަށުން، މި ލައިސަންސް ލިބޭ ފަރާތްތަކަށް އުޅަނދު ދުއްވޭނީ ހަމައެކަނި ލައިސަންސް ދޫކުރި އިދާރާ ހުންނަ ރަށެއްގައެވެ. އަދި ގަޑިއަކު 30 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާ މަގުތަކުގައި މި ލައިސަންސް އޮންނަ ފަރާތްތަކަށް އުޅަނދު ދުއްވުން މަނާވެގެންވެއެވެ.

މީގެ އިތުރުން، މި ލައިސަންސް އޮންނަ ފަރާތަކުން އެއް ފަހަރަށްވުރެ ގިނަ ފަހަރު ޓްރެފިކް ގަވާއިދާ ހިލާފުވެއްޖެނަމަ، އެ ފަރާތެއްގެ ލައިސަންސް ބާޠިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ ލައިސަންސް ދޫކުރި އިދާރާއަށް ލިބިގެންވެއެވެ.

މި އިސްލާހަކީ ކުރިން އޮތް ގަވާއިދަށް ގެނެވުނު މުހިންމު ބަދަލެކެވެ. އެހެނީ މީގެ ކުރިން އޮތް ގަވާއިދުގައި 60 އަހަރުން މަތީގެ މީހުންނަށް ވަކި ހާއްސަ ލައިސަންސެއް ނަގަންޖެހޭ ކަމަށް ބަޔާންކޮށްފައި ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *