Tuesday, 28 July 2026

ސަރުކާރު ސްކޫލްތަކުގެ މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންގެ އަދަދު 77 އިންސައްތަ އިތުރުވެއްޖެ

ސަރުކާރުގެ ސްކޫލުތަކުގައި މަތީ ސާނަވީ (އޭލެވެލް) އަށް ކިޔަވާ ދަރިވަރުންގެ އަދަދު 77 އިންސައްތައިން އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ހާމަކުރައްވައިފި އެވެ.

އައު ދިރާސީ އަހަރު ފެށުމާ ގުޅިގެން މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި، ގިނަ ދަރިވަރުންނަށް އޭލެވެލް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި، ވޭތުވެދިޔަ އަހަރު އޭލެވެލް އެކްސްޕޭންޝަން ޕައިލެޓް ޕްރޮގްރާމެއް ތަޢާރަފުކުރެވުނެވެ. މި ޕްރޮގްރާމް ރާއްޖެތެރޭގެ 23 ސްކޫލެއްގައި ހިންގިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މި ޕްރޮގްރާމްގެ ސަބަބުން، ފާއިތުވި އަހަރު ސަރުކާރު ސްކޫލުތަކުގެ މަތީ ސާނަވީއަށް އަލަށް ވަންނަ ދަރިވަރުންގެ އަދަދު 77 އިންސައްތައިން އިތުރުވެފައިވޭ،" މިނިސްޓަރު މިހެން ވިދާޅުވި އެވެ.

މީގެއިތުރުން، އޭލެވެލް އެކްސްޕޭންޝަން ޕައިލެޓް ޕްރޮގްރާމް މި އަހަރު އިތުރަށް ފުޅާކުރުމަށް ރޭވިފައިވާ ކަމަށްވެސް މިނިސްޓަރު ހާމަކުރެއްވި އެވެ.

މަތީ ސާނަވީ ތަޢުލީމަށް ދަރިވަރުން އިތުރުވަމުން ދިއުމަކީ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ލިބިގެންދާނެ ހިތްވަރެއް ކަމުގައި މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *