Tuesday, 28 July 2026

ކަނޑުމަގުން ރާއްޖެ އެތެރެ ކުރަން އުޅުނު 7 ކިލޯގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި

ރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް، 7 ކިލޯގެ މަސްތުވާތަކެއްޗާއެކު ބޯޓެއްގައި ދަތުރުކުރަމުންދިޔަ 10 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 7 ރައްޔިތުންނާއި އިންޑޮނޭޝިއާގެ 3 ރައްޔިތުންނެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، 5 މީހަކަށް އެއް ދުވަހުގެ މުއްދަތު ދީފައިވާއިރު، އަނެއް 5 މީހުންގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

އިއްޔެ ހިނގާދިޔަ މި ހާދިސާގައި ހިފެހެއްޓުނު ބޯޓަކީ ކޮން ޤައުމަކުން ފުރައިގެން އައި އުޅަނދެއްކަން އަދި ވަނީ ހާމަކޮށްފައެއް ނުވެއެވެ. އަދި މި މައްސަލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފައެއް ނުވެއެވެ.

ފާއިތުވެދިޔަ އަހަރުތަކުގައިވެސް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ އެތައް މައްސަލައެއް ފުލުހުންނަށް ހުށަހެޅި، ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެވި، ގިނަ ބަޔަކު ހައްޔަރުކުރެވިފައިވެއެވެ. މިފަދަ ކުށްތައް ހުއްޓުވުމަށް ފުލުހުންނާއި ކަމާގުޅޭ އެހެނިހެން މުއައްސަސާތަކުން ދަނީ ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *