Wednesday, 29 July 2026
އއ. ރަސްދޫ

ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެމަފިރިން ފިހިއްޖެ

އަރިއަތޮޅު އުތުރުބުރީ ރަސްދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއް ދެމަފިރިއެއް ފިހި ހޮސްޕިޓަލްގަިއ ފަރުވާދޭން ފަށައިފިއެވެ. ބި

ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި ހާދިސާ ދިމާވެފައިވަނީ އެ ދެމަފިރިން ދިރިއުޅޭ ގޭގެ ކޮޓަރިއެއްގައި އަލިފާން ރޯވުމާ ގުޅިގެންނެވެ. އަލިފާން ރޯވި ވަގުތު އެ ދެމަފިރިން އެ ކޮޓަރީގައި ތިބުމުން، އެ ދެމީހުންނަށް ވަނީ ނުރައްކާތެރި އަނިޔާތަކެއް ލިބިފައެވެ. މި ހާދިސާގައި އަންހެން މީހާގެ ހަށިގަނޑުގެ 90 ޕަސެންޓް ވަނީ ފިހިފައިވާއިރު، ފިރިހެން މީހާގެ ހަށިގަނޑުގެ ވެސް ގިނަ ބައެއް ވަނީ ފިހިފައެވެ.

އެ ދެމަފިރިންގެ ކުޑަ ދަރިފުޅެއް ހުރި ނަމަވެސް، އަލިފާން ރޯވި ވަގުތު އެ ކުއްޖާ އެހެން ތަނެއްގައި ހުރުމުން، އެ ކުއްޖާއަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވާކަން ފާހަގަކުރެވެއެވެ.

މި ހާދިސާގައި އަނިޔާވި ދެމަފިރިން ވަނީ އިމަޖެންސީ ހާލަތުގައި މާލެ ގެނެސް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައެވެ. އަދި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *