Tuesday, 28 July 2026

ގައުމީ ސަލާމަތާ ގުޅޭ އޮޕަރޭޝަނަކާ ބެހޭ ފުލުހުންގެ ބަޔާން އަނބުރާ ގެންގޮސްފި

މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ކަމަށް ބުނެ ފުލުހުން ނެރުނު ގައުމީ ސަލާމަތާ ގުޅުންހުރި ހާއްސަ އޮޕަރޭޝަނަކާ ބެހޭ ބަޔާން ފުލުހުން އަނބުރާ ގެންގޮސްފިއެވެ. ފުލުހުން ބުނިގޮތުގައި މި ބަޔާން އަނބުރާ ގެންދިޔައީ އިތުރަށް ކަށަވަރުކުރަންޖެހޭ މައުލޫމާތުތަކެއް ހުރުމާ ގުޅިގެންނެވެ.

ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ "އެކްސްގައި ކުރިން ހިއްސާކުރި ބަޔާން ވަގުތީ ގޮތުން ވަނީ ނަގާފައި. ސެންސިޓިވް ތަފްސީލުތައް ޔަގީންކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާވިސްއިން ކަށަވަރުކޮށް އިތުރު އަޕްޑޭޓްތައް މީޑިއާއާ ހިއްސާކުރާނެ" ކަމަށެވެ.

ފުލުހުން ކުރިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއީ ދިވެހި ސިފައިންނާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ. އަދި މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ލިބުނު މިންވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި މި އޮޕަރޭޝަނަކީ ދެތިން ދުވަސް ކުރިން ފެށިގެން މާލޭގައި ކުރިއަށްދާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ ދަށުން މިހާރުވެސް ދަނީ ބައެއް ތަންތަން ފާސްކުރުމުގެ މަސައްކަތް ކުރިއަށެވެ.

ފުލުހުން މި ބަޔާން ޑިލިޓްކުރިއިރު، މި އޮޕަރޭޝަނާ ގުޅޭ ހަބަރު ބައެއް ބައިނަލްއަގުވާމީ މީޑިއާތަކުންވެސް ވަނީ ގެނެސްދީފައެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *