Tuesday, 28 July 2026

ފެނަކައިގެ ކުރީގެ ވެރިން ހިންގާފައިވާ ކޮރަޕްޝަން ބަލަން ގޮވާލާ ކުއްލި މައްސަލައެއް މަޖިލީހަށް

ކުރީ ސަރުކާރުތަކުގައި ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނަށް ތިބި މީހުން އެކުންފުނީގެ ފައިސާއަށް ހިޔާނަތްތެރިވެ ކުންފުނި ބަގުރޫޓު ކޮއްލާފައިވާ ކަމަށް ބުނެ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހައް ހުށައަޅައިފި އެވެ.

ކަރަންޓާއި ފެނުގެ ހުދުމަތް ފޯރުކޮއްދޭ %100 ސަރުކާރުގެ ހިއްސާ އޮއްނަ ފެނަކައިގެ ކުރީގެ ވެރިންގެ ފަރާތުން ކުންފުންޏަށް ލިބިފައިވާ ގެއްލުންތަށް ބަލާ ފިޔަވަޅު އެޅުމަށް އެދި ކުއްލި މައްސަލަ ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ 67 މެމްބަރުންގެ ތާއީދާއިއެކު އެވެ.

ކުއްލިމައްސަލަ ހުށައަޅުއްވަމުން އިބްރާހިމް ދީދީ ވިދާޅުވީ އޭނާ ވިދާޅުވީ އެކިއެކި ސަރުކާރުތަކުން ފެނަކަ ހިންގުމަށް އިސްކޮށްފައިވާ ފަރާތްތަކުގެ އިހުމާލުން ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން އާންމުންނަށާއި ދައުލަތަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށެވެ. އަދި އެއީ ސީދާ ގައުމަށާއި ރައްޔިތުންނަށް އަސަރު ކުރާފަދަ ގެއްލުންތަކެއް ކަމަށެވެ.

މިމައްސަލާގައި މެމްބަރުން އެދިފައިވަނީ މި ކަމާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިކަން ސާފު ކުރުމާއި އަދި ސަރުކާރުން އަޅަން ވިސްނާ ފިޔަވަޅުތަކަކީ ކޮބައިކަން މަޖިލީހަށް ބުނެދިނުމަށެވެ.

މައްސަލަ ހުށައެޅުއްވި މެމްބަރު އެމައްސަލާގައި ބަހުސްކުރަން ލިބުނު ފުރުސަތުގައި ވަނީ ފެނަކައިގެ ކުރީގެ ވެރިޔާގެ ދަތުރުތަކަށް 100 މިލިޔަން ހަރަދުކޮއްފައިވާ ކަމަށް ފާހަގަ ކުރައްވާފަ އެވެ. އަދި ފެނަކައިގެ ޖަނަރޭޓަރުތަށް ސާވިސްކުރުމަށްވެސް 100 މިލިޔަން ރުފިޔާ ހަރަދު ކޮއްފައިވާ ކަމަށް މެމްބަރު ވުދާޅުވި އެވެ.

މެމްބަރުވަނީ ފެނަކައިގެ ބަޔެއް ޕްރޮޖެކްޓްތަށް 23 މިލިޔަނަށް ނިމޭނެކަމަށް ކަމާބެހޭ ތަޖުރިބާކާރުން ބުނަމުންދަނިކޮއް 50 މިލިޔަން ރުފިޔާއަށް ހަވާލުކޮއްފައިކަމަށް ތުހުމަތުކޮއްފަ އެވެ. އަދި އެ ޕްރޮޖެކްޓުތަށް އަދިވެސް ނިމިފައިނުވާއިރު ބާކީ ފައިސާއަށް ވީގޮތްވެސް ނޭގޭކަމަށް ވިދާޅުވެފަ އެވެ.

މިސަރުކާރުން ވެރިކަމާ ހަވާލުވީއިރު ފެނަކައިގެ ދަރަނި އުޅެނީ 4 މިލިޔަނަށްވުރެ މަތީގަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *