Tuesday, 28 July 2026

މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ބަކާ ނިޔާވެއްޖެ

ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ގެ ހާލުދެރަވެ އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.

ބަކާގެ ގާތް މީހަކު ބުނި ގޮތުގައި އޭނާއަށް ރެއިން ފެށިގެން ފަރުވާދެމުން ދިޔައީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް ބަކާ ސައުދީއަށް ގޮސްފައިވަނީ ސައުދީ ރަސްގެފާނުގެ ހާއްސަ ދައުވަތުން ފުރުސަތު ލިބިގެންނެވެ. ހައްޖުގެ އަޅުކަމަށް ފަހު ބަކާ މާލެ އައިސްފައިވަނީ މީގެ 3 ދުވަސް ކުރިންނެވެ.

ހައްޖުގެ އަޅުކަމަށްފަހު ރާއްޖެ އައިއިރުވެސް އޭނާ ވަރަށް ބޮޑަށް ބަލިވެފައިކަމަށް މައުލޫމާތު ލިބެއެވެ.

ބަކާ ވަނީ ހަވީރުންދޭ ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ހާސިލްކޮށްފައެވެ. މީގެއިތުރުން އޭނާ އަކީ ގައުމީޓީމުގެ ކުރީގެ ޕްލޭ މޭކާ ވެސްމެއެވެ.

މޮޅު ހިތްގައިމު ކުޅުމެއް ދައްކައިފާވާ ބަކާ އަކީ 2008 ވަނަ އަހަރު ރާއްޖެއިން ރަންވަނަ ހޯދި ޓީމުގައިވެސް ޕްލޭމޭކަރ އަކަށް ކުޅެފައިވާ ހުނަރުވެރި އަހުލާގު ރަނގަޅު ކުޅުންތެރިއެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *