ކުރީގެ ގައުމީޓީމުގެ ތަރި މުހައްމަދު އާރިފް (ބަކާ)ގެ ހާލުދެރަވެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
ބަކާގެ ގާތް މީހަކު ބުނި ގޮތުގައި ބަކާއަށް ރެއިން ފެށިގެން ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ. އަދި އޭނާގެ ހާލު ސީރިއަސް ކަމަށްވެސް އޭނާ ބުންޏެވެ.
ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް ބަކާ ސައުދީއަށް ގޮސްފައިވަނީ ސައުދީ ރަސްގެފާނުގެ ހާއްސަ ދައުވަތުން ފުރުސަތު ލިބިގެންނެވެ. ހައްޖުގެ އަޅުކަމަށް ފަހު ބަކާ މާލެ އައިސްފައިވަނީ މީގެ 3 ދުވަސް ކުރިންނެވެ.
ހައްޖުގެ އަޅުކަމަށްފަހު ރާއްޖެ އައިއިރުވެސް އޭނާ ވަރަށް ބަލިކަމަށް މައުލޫމާތު ލިބެއެވެ.


