Wednesday, 28 October 2026

މަސްވެރިންގެ ހައްގުގައި ކުއްލި މައްސަލަ ހުށަހަޅާނެކަމަށް ބުނި މެމްބަރު ޖަލްސާއަށް ހާޒިރެއް ނުވި

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ލިބިގެން މަސްވެރިން ކުރަމުންދާ މުޒާހަރާތަކާއި ގުޅުންހުރި ކުއްލި މައްސަލައެއް ހުށަހެޅި މެންބަރު ޖަލްސާ ފެށިގެން ދިޔައިރު މަޖިލީހުގައި ހާޒިޒުވެވަޑައިގެން ނެތުމުން އެ މައްސަލަ ކުރިޔަށް ނުގެންދެވުނެވެ.

މަސްވެރިންނަށް ފައިސާ ނުދޭތީ، އެމައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މިއަދުގެ މަޖިލިސް ޖަލްސާއަށް ހުށަހަޅުއްވަން ނިންމީ އިއްޔެ ބޭއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ޖަލްސާގައެވެ.

އެ މައްސަލަ ކުއްްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުމަށް ނޯޓިސް ދިނީ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީއެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފުރަތަމަ ކަމަކަށް އެޖެންޑާ ކޮށްފައި އޮތީވެސް މި މައްސަލަ ހުށަހެޅުމެވެ. އެހެނަސް އަހުމަދު ދީދީ މަޖިލީހަށް ހާޒިރުވެފައި ނުވާތީ މައްސަލަ ހުށައެޅޭ ގޮތެއް ނުވި އެވެ.

އިއްޔެ ބޭއްވި އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގެ ބައްފަލުވުމުގައި ސަރުކާރުން މަސްވެރިންނަށް ފައިސާ ނުދޭ ކަމަށް ބުނެ އެންމެ ބޮޑަށް ސަރުކާރަށް ފާޑުކީ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފު ޒާކިރުވެސް މިއަދުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިނުގަންނަވައެވެ.

އިއްޔެ ބޭއްވި އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ޖަލްސާގައި އެ ޕާޓީން ބުނީ މަސްވެރިންގެ ހައްގުގައި އެ ޕާޓީއަށް މަޖިލިސްތެރެއިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *