Tuesday, 28 July 2026

ޖަލީލްދީދީ މިސްކިތުގެ ތަޅުގައި ބަޔަކު އަލިފާން ރޯކުރަން މަސައްކަތް ކޮށްފި

މާލޭ ޖަލީލްދީދީ މިސްކިތުގެ ތަޅުގައި ބަޔަކު އަލިފާން ރޯކުރަން މަސައްކަތް ކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިރޭ ވަނީ މިސްކިތު ތަޅުގައި ރޯކުރަން މަސައްކަތް ކޮށްފައިވާ ފޮޓޯތައް 'އެކްސް' ގައި އާންމުކޮށްފައެވެ.

އެ ޕޯސްޓުގައި ސިޓީ ކައުންސިލުން ބުނީ، މިސްކިތްކުން ވައްކަންކޮށް ތަކެއްޗަށް ގެއްލުންދީ މިސްކިތުގެ ކަރާމާތް ނަގާލުމަށް މަސައްކަތް ކުރާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

މިސްކިތްތަކުން ވައްކަން ކުރުމުގެ މައްސަލަތައް މިފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މާލޭގެ މިސްކިތްތަކުން ވައްކަން ކޮށްގެން 21 މައްސަލަ މި އަހަރުގެ މިހާތަނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވަނީ އިއްޔެ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ، މިސްކިތްތަކުން ވައްކަންކޮށް، ވަގަށް ނަގާފައިވާ 6 ފަންކާ، ދެ ފޯނު އަދި ފެންމޯޓެއް ހޯދައި އެތަކެތި ހަވާލު ކޮށްފައިވާ ކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *