Tuesday, 28 July 2026
ފޮޓޯ: ޕީއެސްއެމް

ހައްޖުވެރިން އަންނާތީ ސިއްހަތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ދިވެހި ހައްޖާޖީން މާދަމާ އިން ފެށިގެން އެނބުރި އަންނާތީ ހައްޖުވެރިން އަންނަ ދުވަސްވަރަކީ އާންމުކޮށް ރޯގާ ފެތުރޭ ދުވަސްވަރެއްކަމުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއި) އިން އިލްތިމާސްކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ހައްޖުން އަންނަތާ 14 ދުވަސް ތެެރޭ ގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން، މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށްް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރި ނުކުރުމަށްްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ދިވެހި ހައްޖާޖީން އެނބުރި އަންނަން ތާވަލުކޮށްފައިވާ ގޮތަށް ބަލާ އިރު، ފުރަތަމަ ގްރޫޕް މާދަމާ، ދެވަނަ ގްރޫޕް 28 ގައި، ތިން ވަނަ ގްރޫޕް އަންނަ މަހުގެ 1 ގައި އަދި ފަހު ގްރޫޕް އަންނާނީ އަންނަ މަހުގެ 4 ގަ އެވެ.

ރާއްޖެއަށް މިއަހަރު ހައްޖު ކޯޓާގެ ގޮތުގައި ލިބުނީ 1،150 ކޯޓާ އެވެ. އޭގެ ތެރޭގްއި ހިމެނެނީ ރަސްމީ ކޯޓާގައި ދިޔަ 1000 މީހުންނާއި އިތުރަށް ލިބުނު ކޯޓާގައި ދިޔަ 150 މީހުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *