Wednesday, 28 October 2026
ސޯމާލިއާ ތިން މީހުން ތިބި ޑިންގީ-- ފޮޓޯ: ފުލުހުން

ނ އަތޮޅަށް ލެއްގި ސޯމާލިއާ މީހުންނަކީ ބެހިގެން އައި ބައެއް – ފުލުހުން

އިއްޔެ ނ. ވަވަތި ނަމަކަށް ކިޔާ ފަޅުރަށަށް ލައްގާފައިވަނީ ހާލުގައި ޖެހިފައި ތިބި ސޯމާލިއާ ބަޔެއް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެ އެވެ.

މިއަދު ފުލުހުން ވިދާޅުވީ ނ. ވަވަތިއަށް އިއްޔެ ލައްގާފައިވާ ސޯމަލިއާގެ ތިން މީހުނަކީ ހާލުގައި ޖެހި ބެހިގެން އެ ރަށަށް ލައްގާފައިވާ ބައެއްކަން މިހާތަނަށް ބެލި ބެލުމުން އެނގޭކަމަށެވެ.

ސޯޝަލް މީޑިއާގައި ގިނަބަޔަކު އެ މީހުންނާ ބެހޭ ގޮތުން ތަފާތު ތުހުމަތުތައް ކޮށްފައިވެ އެވެ. އެގޮތުން ގިނަ ބަޔަކު ބުނަމުންދަނީ އެ މީހުންނަކީ ކަނޑުފޭރޭ ބައެއް ކަމަށެވެ.

ނަމަވެސް ފުލުހުން ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެމީހުނަކީ ކަނޑުފޭރޭ ބައެއް ކަމަށް ބެލެވޭފަދަގެ އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށެވެ.

މިހާރު އެ ތިން މީހުން ނ ހޮޅުދޫއަށް ގެންގޮސް އެ ރަށުގެ ކައުންސިލްގެ އެހީގައި އެމީހުނަށް ބޯހިޔާވަހިކަން ފޯރުކޮއްދީފައިވާ ކަމަށާއި އަދި ފުލުހުންނާ ހޮޅުދޫ ކައުންސިލްއިން ދަނީ އެމީހުނަށް އެހީތެރިކަން ފޯރުކޮއްދެމުންކަމަށް ފުލުހުން ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *