Wednesday, 28 October 2026

ޕީއެންސީ ޖަގަހަަ ހުޅުވުން މިރޭ

ކޮންގްރެސްގެ ޖަހަގަ "ޕީއެންސީ ހައުސް" ހުޅުވުން މިރެއަށް ފަސްކޮށްފިއެވެ.

ޕީއެންސީން ބުނީ މޫސުން ތަން ނުދިނުމުގެ ސަބަބުން ޕީއެންސީ ޖަގަހަ ހުޅުވުން ފަސްކޮށފައިވާ ކަމަށެވެ.

ޕީއެންސީ ޖަގަހަ ހަދާފައިވަނީ ގިނަ އަހަރުތަކެއް ވަންދެން އެމްޑީޕީ ހަރުގޭގެ ނަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ޖަގަހަ ހިންގަމުންދިޔަ ތަނުގައެވެ.

އެތަނުގައި އެއްމެ ފަހުން ހަދާފައި ހުރީ ހައުސް އޮފް ޑިމޮކްރެޓްގެ ނަމުގައި ދަ ޑިމޮކްރެޓްސްގެ ޖަގަހަ އެކެވެ. ޑިމޮކްރެޓްސް އަކީވެސް އެމްޑީޕީ ދެ ބަޔަކަށް ބެހިގެންދިޔަ ވަގުތު އެމްޑީޕީގެ ތެރެއިން އުފެދުނު ޕާޓީއެކެވެ.

ރޭ ޕީއެންސީގެ މި ޖަގަހަ ހުޅުއްވާދެއްވާނީ އެ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *