Tuesday, 28 July 2026

ކަނޑު ގަދަވެ ވިއްސާރަ ވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

ކަނޑުގަދަވެ ބޯކޮށް ވާރޭވެހި، ވިއްސާރަ ވާނެކަމަށް ލަފާކުރެވޭތީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ ރާއްޖޭގެ ބޮޑުސަރަހަށްދަކަށް ހުދު ސަމާލު ނެރުނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި ކަނޑުތަށް ގަދަވާނެކަމަށް ލަފާކުރެވޭތީ ކަމަށެވެ.

އެގޮތުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެ ކަމަަށާއި، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ބުނެފައިވެއެވެ.

މެޓުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ ކ. ގާފަރަށެވެ. އެ ރަށަށް 67.7 މިލިލީޓަރުގެ ވާރޭވެހުނެވެ. ބ. ގޮއިދޫއަށް 61.2 މިލިމީޓަރުގެ ވާރޭވެހުނެވެ. އަދި 20.5 މިލިލީޓަރުގެ ވާރޭއާ އެކު ތިން ވަނައަށް އެންމެ ބޯކޮށް ވާރޭވެހިގެން ރިކޯޑު ކުރެވިފައި ވަނީ ބ. ދަރަވަންދޫއަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *