ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީ ޖަގަހަ މާދަމާ މިރޭ ހުޅުވަން ހަމަޖެހިއްޖެއެވެ.
ޕީއެންސީއިން ބުނީ ހ. ވެޔޮވިލާގައި ހުންނަ އެ ޕާޓީގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހުގެރޭ (މިރޭ) 20:30 ގައި އޮންނާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ލީޑަރ، ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ވިދާޅުވެއެވެ.
އެހެންކަމުން، އެ ޕާޓީން ވަނީ އެ ރަސްމިއްޔާތަށް އެންމެހައި ބޭފުޅުންނަށް ދަޢުވަތު އަރުވާފައެވެ.
ޕީއެންސީ ޖަގަހަ ހުޅުވާ އިމާރާތަކީ މީގެ ކުރިން އެމްޑީޕީ އަދި ޑިމޮކްރެޓްސް ޖަގަހަ ހިންގި އިމާރާތެވެ.


