ފަހަކަށް އައިސް ވައްކަމުގެ މައްސަލަތައް އިތުރުވެފައިވަނީ މީގެ 10 މަސް ދުވަސް ކުރިން, ގައިދީންތަކެއް ޖަލުން ދޫކޮށްލުމާ ގުޅިގެން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މާލޭގައި ވަގުންގެ ބޮޑު ނެޓް ވޯކެއް އޮތް ކަން ފާހަގަކޮށް ރާއްޖޭގެ ނޫހަކުން މިއަދު ވަނީ ރިޕޯޓެއް ގެނެސްދީފަ އެވެ.
ޝިފާން ވިދާޅުވީ ވައްކަމުގެ މައްސަލަތަކުގައި ހައްޔަރުކުރި 434 މީހުން މީގެ 10 މަސް ދުވަސް ކުރިން ކަރެކްޝަނުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެއީ ވަރަށް ދެރަ ހަގީގަތެއް ކަމަށް ޝިފާން ވިދާޅުވިއެވެ.
އަދި އުމްރާނީ ބިނާތައް ތަރައްގީކުރަން ކުރިން ޕްލޭނެއް ނެތި މަޝްރޫއުތައް ހިންގި ގޮތުން ގާނޫނުތައް ނަގަހައްޓައި ތަންފީޒުކުރަން ދަތިވެ ވަގުންގެ ނެޓްވޯކް ހުއްޓުވަން ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ވައްކަމާއި ފޭރުމުގެ 1000 އަށް ވުރެ ގިނަ މައްސަލަ ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ވައްކަމުގެ 1680 މައްސަލަ ހުށަހަޅާފައިވާއިރު ފޭރުމުގެ 235 މައްސަލަ ހުށަހަޅާފައިވެ އެވެ.


