Wednesday, 28 October 2026

ގަވާއިދާ ހިލާފަށް މީހުން އަރުވައިގެން ދަތުރުކުރި އުޅަނދެއް ޓޯ ކޮށްފި

ގަވައިދާ ހިލާފަށް މީހުން އަރުވައިގެން އެއާޕޯޓަށް ދިޔަ އުޅަނދެއް ފުލުހުން ޓޯ ކޮށްފިއެވެ.

ފުލުހުން ބުނީ، ހުއްދަނެތި ގަވާއިދާ ހިލާފަށް މީހުން އަރުވައިގެން މިއަދު މާލެއިން އެއާޕޯޓަށް ދަތުރުކުރި އެ އުޅަނދު ހުއްޓުވައި ޗެކް ކުރިއިރު އެއީ "ބީ" ޒޯންގައި ރެޖިސްޓާކޮށްފައިވާ އުޅަނދެއް ކަމަށެވެ. ހުއްދަ ނެތް ޒޯނެއްގައި ދުއްވުމުގެ އިތުރުން އަހަރީ ފީ ހަމަވެފައިވާތީ ފުލުހުން ވަނީ އެ އުޅަނދު ޓޯ ކޮށްފައެވެ.

މީގެއިތުރުން ފުލުހުން ވަނީ މި މަހުގެ 13 އަދި 14 ވަނަ ދުވަހު މާލެ ސަރަހައްދުގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ 4 ފުރޮޅުލީ އުޅަނދު ޓޯ ކޮށްފައެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ބޮޑުތަކުރުފާނު މަގު ކަޅުތުއް ކަލާކޮށްޓާ ހިސާބުން ފެށިގެން ފަތާ ޓްރެކާ ހަމައަށް ހުސްކޮށް 84 އުޅަނދު މި ދެ ދުވަހު ވަނީ ޓޯ ކޮށްފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *