އަންހެނުންނަށް ހާއްސަ ތަކެތި ވިއްކާ 'ސޮރީ ބޯއިސް' ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި، އެތަނުން ވައްކަންކޮށްފިއެވެ.
މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، މާފަންނު މަޖީދީމަގަށްވާ ގޮތަށް ހުންނަ އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލިކަމުގެ މައުލޫމާތު ރޭ 3:45 ހާއިރު ލިބުނު ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ވަގަށް ނެގި ތަކެތި ފުލުހުން ހޯދި ނަމަވެސް ވައްކަންކުރި މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.
"ސޮރީ ބޯއިސް" އިން ވަގަށް ނެގި ތަކެތި ފެނުނީ ވައްކަންކޮށްގެން ނިކުންނަން އުޅެނިކޮށް މީހަކަށް ފެނުމުން ތަކެތި ދޫކޮށްލާފައި ދިއުމުން ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހްގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


