Tuesday, 28 July 2026

އިސްލާމީ އަހުލާގާއި ސަގާފަތާ ތަޢާރުޟު ނުވާ ގޮތަށް އީދު ފާހަގަކުރުމަށް ޝަހީމް އިލްތިމާސް ކުރައްވައިފި

އިސްލާމީ އަހުލާގާއި ސަގާފަތާ ތަޢާރުޟު ނުވާ ގޮތައް އީދު ފާހަގަކުރުމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.

ވަޒީރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީދަކީ އިސްލާމީ އުންމަތަށް ﷲ ދަރުމަ ކުރައްވާފައިވާ ނިއުމަތެއް ކަމަށެވެ. އަދި އީދުގެ އުފާވެރިކަން ފާޅުކުރުން އޮންނަން ވާނީ ﷲ ރުހިވޮޑިގަންނަވާ އިމުގެ ތެރޭގައި ކަަމަށްވެސް ވިދާޅުވިއެވެ.

"އީދުގެ އުފާވެރިކަން ފާޅުކުރުން އޮންނަން ވާނީ ﷲ ރުހިވޮޑިގަންނަވާ އިމުގެ ތެރޭގައި. އިސްލާމީ އަހުލާގާއި ސަގާފަތާ ތަޢާރުޟު ނުވާ ގޮތަށް އީދުގެ އުފާވެރިކަން ފާޅުކުރުމަށް ލޮބުވެތި އަހުންނާއި އުހުތުންނަށް އިލްތިމާސް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ކުލަގަދަކޮށް އަޟްހާ އީދުގެ ހަރަކާތްތައް ދަނީ ހިންގަމުންނެވެ. ބައެއް ރަށްތަކަށް ސަފާގީ އީދެއް އައިއިރު، ކުޅިވަރުގެ ހަރަކާތްތައް ވަރަށް ފޯރިގަދަކަންވެސް ފާހަަގަކޮށްލެވެއެެވެ.

އީދު ފާހަގަކުރުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *