Tuesday, 28 July 2026
Rajje24 photos: Adam Shiyaz

ރަބީއުވިލާ ގޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ އަތަށް ވަނީ މެތު ސިރިންޖެއް ޖަހާފަ – ފުލުހުން

ގެއްލުނުތާ ހަތަރު 4 ދުވަސް ފަހުން މއ. ރަބީއުވިލާ ގޭގައި މަރުވެފައި އޮއްވާ ފެނުނުއިރު އައިމަންގެ އަތަށް މެތަމްފެޓަމައިން ސިރިންޖެއް ޖަހާފައި އޮތް ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

އިއްޔެ އިސްކަންދަރު ކޮށީގައި ކުރިޔަށްދިޔަ ނޫސްވެެރިންގެ ބައްދަކުލުވުމުގަައި ވާހަކަ ދައްކަވަމުން މުހައްމަދު ދާވޫދު ވިދާޅުވީ ކުނިވަސް ދުވާތީ އާމުން ކުރި ރިޕޯޓަކާއި ގުޅިގެން ފުލުހުން އެ ގެއަށް ވަދެ ބަލަމުންް ދަނިކޮށް އެގޭ ތިން 3 ވަނަ ފަންގިފިލާގައި މަރުވެ ސިފަ ވަކި ނުވާވަރުވެފައި އޮތް މީހެއް ފެނުނުކަމަށެވެ.

އަދި ފުލުހުން އޭނާގެ އިނގިލީގެ ނިޝާނުގެ އެހީގައި އެއީ ގެއްލިގެން ހޯދަމުންދިޔަ މއ. ބޯޅަކިންކިރިމާގޭ މުހައްމަދު އައިމަންކަން ތަހުގީގަށް އެނގިފައިވާކަމަށް ދާވޫދު ވިދާޅުވި އެވެ.

އައިމަންގެ މަރުގެ ސަބަބު ދެނެގަތުމަށް ހެދި އޮޓޮޕްސީގެ ދާއިމީ ރިޕޯޓު އަދި ލިބިފައިނުވާ އިރު ވަގުތީ ރިޕޯޓުން ސީދާ މަރުވާން މެދުވރިވި ސަބަބު އެނގިފައި ނުވާ ކަމަށާއި، އޭނާ މަރުވެފައި އޮއްވާ ފެނުނު އިރު އަތަށް ޖަހާފައިވާ މެތް ސިރިންޖަކީ އޭނާގެ މަރުގެ ސަބަބުކަމަށް ދަންނަވަން ނޭނގޭކަމަށް  ދާވޫދު ވިދާޅުވި އެވެ.

ދާވޫދު ވިދާޅުވީ އައިމަން އެންމެ ފަހުން ފެނުނީ އޭނާ ދިރިއުޅޭ ގެ ކައިރިން ކަމަށާއި އޭގެ ފަހުން އެދުވަހު އޭނާ ރަބީއުވިލާ ގެއަށް ދާމަންޒަރު ސީސީޓީވީން ފެންނަކަމަށެވެ.

އައިމަން މަރުވެފައި އޮތް އިރު އޭނާގެ ހަށިގަޑުން އެއްވެސް ޖިސްމާނީ އަނިޔާއެއް ފެނިފައިނުވާ ކަމަށްވެސް ދާވޫދު ބުންޏެވެ.

ރަބީއުވިލާ ގެއަކީ އަލިފާނުގެ ހާދިސާއަކަށްފަހު މީހުން ދިރިއުޅެން ރައްކާތެރި ނޫންތަނެއްކަމަށް ބުނެ މާލެ ސިޓީ ކައުންސިލްއިން ޓިނުޖަހާ ބަންދުކޮށްފައި ހުންނަތަނެއް ނަމަވެސް މަސްތުވާތަކެެތި ބޭނުންކުރާ މީހުން ޓިނު ނަގައިގެން ވަދެ އެގޭގައި މަސްތުވާތަކެތި ބޭނުންކުރާކަމުގެ ރިޕޯޓު ލިބޭކަމަށްވެސް ދާވޫދު ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *