Tuesday, 28 July 2026

މިނިސްޓަރުގެ ނިންމުމާއިމެދު ހިތްހަމަޖެހި މުޒާހަރާގެ ދޯނިތައް 1 ނަންބަރުން ބޭރަށް

ލޭނު އެޅުމަށް ސަރުކާރުން ކުރާ މަޝްވަރާއާއި ހަމަ އަގު ނުލިބުމުގެ މައްސަލައިގައި 1 ނަންބަރު ފާލަމަށް މުޒާހަރާއަށް ވަތް ދޯނިތައް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ގެ ނިންމުމަށް ރުހި 1 ނަންބަރު ޖެޓީ ދޫކޮށް ފަޅުން ނުކުމެއްޖެ އެވެ.

އިއްޔެ ހަވީރު ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ދޯނިތައް ވަނީ މައިގަނޑު ތިން މައްސަލައަކާއި ގުޅިގެންނެވެ. މާލޭ 1 ނަންބަރު ޖެޓީއަށްވަދެ ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުންދަނިކޮށް މިނިސްޓަރު ޝިޔާމްވަނީ މުޒާހަރާގެ ބައިވެރިންގެ ގާތަށް ގޮސް އެމީހުންގެ ޝަކުވާތަކަށް ޖަވާބުދާރީވެފަ އެވެ.

މަސްވެރިން ބުނަމުންދިޔައީ ލޭނުގެ މަސްވެެރިކަން ކުރުމުގެ ފުރުސަތު ވަކި ބަޔަކަށް ދީގެން ނުވާނެކަމަށާއި އަދި ކަންނެލި މަސްވެރިންނަށް ނިސްބަތްކޮށް ޝިޔާމް އެއީ "ބަންގާޅިން" ކުރާ މުޒާހަރާއެއްކަމަށް ބުނުމުން މަސްވެރިންތިބީ ރުޅިއައިސްފައެވެ.

މިކަމަށް ޖަވާބުދެމުން ޝިޔާމް ބުނީ ކަންނެލީގެ މަސްވެރިންނަށް ނިސްބަތްކޮށް "ބަންގާޅީންނޭ" އެއީ ބުނިކަމަށް ފެތުރޭ ވާހަކަތަކަކީ ހަގީގަތެއްނެތް ވާހަކަތަކެއް ކަމަށެވެ. އަދި މިނިސްޓަރު ދެއްވީ މަސްވެރިކަމުގެ އެއްވެސް ކަމެއް މަސްވެރިންނާއި މަޝްވަރާ ނުކޮށް ނުނިންމާނެކަމުގެ ޔަގީންކަމެވެ.

މަސްވެރިންގެ ދެވަނަ މައިގަނޑު ޝަކުވާއަކަށްވީ ބޮޑުކަންނެލީގެ މަސްވެރިކަންކުރާ ދޯނިތަކަށް ވަކިން އަގު ބިޑުކޮށް ޑީސަލް ވިއްކުމުގެ މައްސަލައެވެ. މިކަމާގުޅިގެން މިނިސްޓަރުވަނީ މާލޭގެ ޕެޓްރޯލް ޝެޑްތަކުން ޑީސަލް ގަންނަން ލިބޭ އަގުގައި ބޮޑުކަންނެލީގެ މަސްވެރިކަންކުރާ ދޯނިތަކަށް ލިބޭނެ ގޮތް ހަދާދޭނެ ކަމަށް ވިދާޅުވެފަ އެވެ.

އަދި މުޒާހަރާގެ ބައިވެރިންގެ ތިންވަނަ ޝަކުވާއަށް ވެފައިވާ ކަނެނެލީގެ އަގު ރިޔާސީ އިންތިހާބުގައި ވައުދުވީ އަގަށް ބޮޑުކުރުމުގެ ޑިމާންޑެވެ. މިކަމަށް ޖަވާބު ދެއްވާ މިނިސްޓަރު ބުނީ ސަރުކާރުގެ މާލީ ހާލަތު ރަނގަޅުވާ ވަރަކުން މަސްވެރިންނަށް ދޭފައިސާވެސް ދާނީ ރަނގަޅު ވަމުން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *