Tuesday, 28 July 2026

މަސްވެެރިންނަށް ފައިސާ ނުދީގެން 1 ނަންބަރު ޖެޓީގައި މުޒާހަރާ ކުރަނީ

ބޮޑުކަންނެލި މަސްވެރިންނަށްވީ ވައުދު 80 ރުފިޔާއާއި 100 ރުފިޔާއާއި ދެމެދަށް ކަންނެލީގެ އަގު ނާރާނެ ކަމަށްވީ ވައުދަށް ހިޔާނާތްތެރިވެ ފައިސާ ނުދީ ދެ މަސް ދުވުހު ހިފަހައްޓާފައިވާކަމަށް ބުނެ ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން މާލޭ ރަސްމީ ފާލަން ހުންނަ 1 ނަންބަރު ޖެޓީއަށް ދޯނިތަކުގައި ވަދެ މުޒާހަރާ ކޮށްފި އެވެ.

މިއަދު ކުރިޔަށްދިޔަ މި މުޒާހަރާގައި ބޮޑުކަންނެލި މަސްވެރިންގ ެކަންބޮޑުވުންތަކުގެ ތެރޭގައި 7 މަސްވީއިރުވެސް ސަރުކާރުން ވިދާޅުވިގޮތަށް ކަންނެލި ކިލޯއެއްގެ އަގު 80ރ އާއި 100ރ އާއި ދެމެދުގައި ހިފެހެއްޓުމަށް ވެފައިވާ ވައުދު ނުފުއްދުމާއި ބޮޑު ކަންނެލި މަސްވެރިންނަށް ބޮޑު އަގުގައި ޑީސަލް ވިއްކުން ހިމެނެއެވެ.

މީގެ އިތުރުން ވަކި ބަޔަކަށް ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ހުއްދަ ސަރުކާރުން ދޭން މަޝްވަރާ ކުރުމުގެ އިތުރުން ބޮޑު ކަންނެލީ މަސްވެރިންނަށް މީސްކޮށް އެއީ "ބަންގާޅީންނޭ" ބުނެ އިހުތިރާމް ކުޑަކުރުމާއި ގުޅިގެން މަސްވެރިން ދިޔައީ މިނިސްޓަރާއި ދިމާއަށް ހަޅޭ ލަވަމުންނެވެ.

މީގެ އިތުރުން މަސްވެރިން ބުނެފައިވަނީ ސަރުކާރުން ޖަވާބެއް ނުދޭހާ ހިނދަކު އަދި ހައްލުކުރަން އެދުނު ކަންކަމުގައި ހައްލު ނުގެންނަ ހިނދަކު މަސްވެރިން 1 ނަންބަރު ޖެޓީ ދޫކޮށް ނުދާނެ ކަމަށެވެ. އަދި މަސްވެރިންގެ ޑިމާންޑްތަކަށް ސަރުކާރުން ހައްލު ގެނެސް އެކަމުގައި އަމަލީ ފިޔަވަޅު އަޅަންޖެހޭނެކަމަށް ވެސް މަސްވެރިން ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *