Tuesday, 28 July 2026

ރައީސް މުއިއްޒުއާއެކު ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު: ޖައިޝަންކަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއެކު ކާމިޔާބު މަޝަވަރާތަކެއް ކުރެވިފައިވާކަމަށް އިންޑިޔާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ޖައިޝަންކަރު ފޮރިން މިނިސްޓަރުކަމުގެ ހުވާ ކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވާ އެމަނިކުފާނު ވިދާޅުވީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވިސްނުންފުޅަކީ އަވައްޓެރި ގައުމުތައް އިސްކޮށް އެ ގައުމުތަކާއިމެދު ގުޅުން ރަނގަޅު ކުރުންކަމަށާއި މޯދީގެ ހުވާކުރުމުގެ ރަސްމީޔާތުގައި ހުރިހާ އަވައްޓެރި ގައުމަކުންވެސް ބައިވެރިވެފައިވާތީ އެކަމާ އުފާކުރައްވާ ކަމަށެވެ.

ޖައިޝަންކަރު ވިދާޅުވީ މޯދީ މުއިއްޒުއާއި ބައްދަލު ކުރައްވާ މުހިއްމު މަޝްވަރާތަކެއް ކުރެއްވިކަމަށާއި އަދި ހުދު ޖައިޝަންކަރަށްވެސް ރައީސް މުއިއްޒުގެ އަރިހަށް ޒިޔާރަތް ކުރުމުގެ ފުރުސަތުލިބި ބައްދަލުވެ މުހިއްމު މަޝްވަރާތަކެއް ކުރިކަމަށެވެ.

މޯދީ 3 ވަނަ ދައުރަކަށް އިންޑިޔާގެ ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމުގެ ރަސްމީޔާތަށް ރައީސް ޑރ. މުއިއްޒު ކުރެއްވި މި ދަތުރުފުޅަކީ މުއިއްޒު ވެރިކަމާ ހަވާލުވިފަހުން އިންޑިޔާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަތުމުން އިންޑިއާގެ ސަރުކާރުންނާއި މީޑިއާތަކުން އަންނަނީ އެކަން ވަރަށް ބޮޑަށް ފާހަގަކުރަމުންނެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ އިތުރުން، އެ ޤައުމުގެ ރައީސް ދުރޫޕަދީ މުރުމޫއާ ވަނީ ބައްދަލުކުރައްވާފައެވެ.

ރައީސް މިއިއްޒުއާއި އިންޑިޔާގެ ރައީސް ބައްދަލު ކުރައްވައިވަނީ ވަގުތު ކުޑަތަން ވެފައިވަނިކޮށް މޯދީ ހުވާކުރުމުގެ ރަސްމީޔާތައް އައުމަށް އެދި ފޮނުވި ދައުވަތު ގަބޫލުކުރައްވާ ރައީސް މުއިއްޒު އެ ރަސްމީޔާތަށް ވަޑައިގެންކަމީ ދެ ގައުމުގެ ގުޅުން ރަނގަޅުކަން ފެންނަ ހެއްކެއް ކަމަށް ވިދާޅުވެ ރާއްޖޭގެ ތަރައްގީގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *