ހައްޖު މިޝަންގައި ހައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރަތަމަ ފަހަރަށް ސައުދީގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ފުރުސަތު ދީފިއެވެ.
ހައްޖުވެެރިންނަށް އެހީތެރިވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ހުއްދަ ދިނީ މިއަހަރުގެ ކުރީކޮޅުގައެވެ. އެއީ ޖެނުއަރީ މަހު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އެދިލެއްވުމަށް ސައުދީ ސަރުކާރުން ދެއްވި ފުރުސަތެކެވެ.
ހައްޖުވެރިންނަށް އެހީވުމަށް ދިޔުމުގެ ފުރުސަތަކީ ހުރިހާ ގައުމަކަށް ހުޅުވާލާފައިވާ ފުރުސަތެއްން ނޫނެވެ. މި ފުރުސަތުގެ ދަށުން ސައުދީގައި ކިޔަވާ ދަރިވަރުންދަނީ މިހާރު ހައްޖުވެރިންނަށް އެހީތެރި ވަމުންނެވެ
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޑރ.ޝަހީމް މި އަހަރު ކުރީކޮޅު ސައުދީއަށް ވަޑައިގަތް ދަތުރުފުޅުގައިވަނީ ސައުދީގައި ކިޔަވާ ދިވެހި ދަރިވަރުންނާއި ބައްދަލުކޮށް ހައްޖުވެރިންނަށް އެހީތެރިވުމުގެ ފުރުސަތު އެކުދިންނަށް ހޯދައިދޭނެކަމަށް ވިދާޅުވެފަ އެވެ.


