Tuesday, 28 July 2026

ބޮޑުވަޒީރު މޯދީގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަށް ހުވާ ކުރެއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގެންފި އެވެ.

ރާޝްތްތަޕަތީ ބަވަން ގައި ރޭ ބޭއްވި އެ ހަފްލާގައި ރައީސް ބައިވެރިވެފައިވަނީ އެ ހަފްލާއަށް ދިޔުމަށް އެދި އިންޑިޔާއިން އެރުވި ހާއްސަ ދައުވަތަކަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ތާރީޚީ ތިންވަނަ ދައުރަކަށް މޯދީ ހުވައި ކުރައްވާފައި މި ވަނީ, އެންޑީއޭ ކޯލިޝަންގައި ހިމެނޭ 14 ޕާޓީގެ ތާޢީދާ އެކުގައެވެ. މީގެ ކުރިން އިންޑިއާގައި ބޭއްވި ދެ ޢާންމު އިންތިޚާބުގައި ވެސް ބީޖޭޕީން ވަނީ ސަރުކާރު އެކުލަވައިލަން ބޭނުންވާ މިންވަރަށް, ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ, ލޮކް ސަބާއިން މެޖޯރިޓީ, ނުވަތަ އަޣުލަބިއްޔަތު ހޯދާފައެވެ.

ފާއިތުވި ދެ ދައުރުގައި މޯދީ ވަނީ އިންޑިއާއަށް ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައެވެ. އިޤުތިޞާދީ ގޮތުން އިންޑިއާ މިއަދު ދެކެމުންދާ ކުރިއެރުމުގެ ބާނީއަކީ މޯދީ ކަމުގައި އެ ޤައުމުގެ ގިނަ ރައްޔިތުން ޤަބޫލުކުރެއެވެ.

އިންޑިޔާގެ ބޮޑުވަޒީރު ކަމުގެ އިންތިހާބު މޯދީ ކާމިޔާބު ކުރުމާގުޅިގެން އެމަނިކުފާނު ހުވާ ކުރެއްވުމުގެ ރަސްމީއްޔާތަށް ޑރ. މުއިއްޒު ފުރާވަޑައިގަތީ އިއްޔެގެ ވަގުތެއްގަ އެވެ. އެމަނިކުފާނާއެކު ސަރުކާރުގެ އިސް ވަފްދެއްވެސް ވަޑައިގެންނެވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *