ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަބަލުން ސާޖިދާ މުހައްމަދުގެ ދޮން ބައްޕަ އަލީ އިބްރާހިމް (ދޮންއަލިބެ) ދަފްތަރު ނަންބަރު 5760 ކ. މާލެ / ގުލްޝަންކިނާރާ ދ. މީދޫ އަވަހާރަވެއްޖެ އެވެ.
ދޮންއަލިބެ އަވަހާރަވެފައިވަނީ އުމުރުން 78 އަހަރުގައި ރޭގެ ވަގުތެއްގަ އެވެ.
ދޮންއަލިބެގެ ޖަނާޒާ އޮތީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ. މޫނު ދެއްކުންވެސް އޮތީ އިސްލާމީ މަރުކަޒުގަ އެވެ.
ވީހާވެސް ގިނަ ބަޔަކު މި ޖަނާޒާގައި ބައިވެރިވުމަށް ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކްސްގައި އެދިލައްވާފަ އެވެ.


