އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ޑރ. މުހައްމަދު މުއިއްޒުއާއި ސަރުކާރުގެ އިސް ވަފުދެއް އިންޑިޔާއަށް ފުރާވަޑައިގެންފި އެވެ.
އިންޑިޔާގެ ބޮޑުވަޒީރުކަމުގެ އިންތިހާބު ތިންވަނަ ފަހަރަށް ކާމިޔާބު ކުރެއްވި މޯދީ، އިންޑިޔާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓާސް ހުވާކުރެއްވުގެ ރަސްމިއްޔާތު އޮއްނާނީ މިއަދުގެ ވަގުތެއްގައި ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ ކަށަވަރު. ކޮށްދީފަ އެވެ.
އިންޑިޔާގެ ބޮޑުވަޒީރު ހުވާ ކުރެއްވުމުގެ ރަސްމީޔާތުގައި 7 ގައުމެއްގެ އެންމެ އިސްވެރިން ބައިވެރިވާއިރު، މި ހަފްލާގައި އަވަށްޓެރި އަދި ދުރުވެސް ގިނަ ގައުމުތަކެއްގެ މަތީ ފަންތީގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިންޑިޔާގެ މީޑިއާތަކުން މައުލޫމާތު ދެއެވެ.
މިއީ ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން އިންޑިޔާއަށް ކުރައްވާ ފުރަތަމަަ ދަތުރުފުޅެވެ. އާންމުކޮށް ރާއްޖޭގެ ވެރިން ވެެރިކަމާއި ހަވާލުވެ ފުރަތަމަ ރަސްމީ ދަތުރު ކުރައްވަނީ އިންޑިޔާއަށް ނަމަވެސް މުއިއްޒު ފުރަތަމަ ރަސްމީ ދަތުރެއް ކުރެއްވީ ތުރުކީ އަށެވެ.


