Tuesday, 28 July 2026

މެމްބަރު މަންޑޭއަށް ސިހުރު ހެދި މީހާ ދޫކޮށްލައިފި

ށ. ފޮނަދޫއިން އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު މަމްދޫހުއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ކޯޓުން ދޫކޮއްލައިފި އެވެ.

އިއްޔެ އޭނާ ދޫކޮއްލާފައިވާއިރު އޭނާގެ ބަންދަށް ވަނީ ދެފަހަރުމަތިން 15 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައެވެ. އޭނާ ދޫކޮއްލީ 30 ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު، ތިންވަނަ ބަންދުގެ މުއްދަތަކަށް އެދި ފުލުހުން އޭނާ ކޯޓަށް ގެންދިޔުމުން ކޯޓުންކަމަށް ފުލުހުން ވިދާޅުވި އެވެ.

ފޮނަދޫއިން ސިހުރުވެރިޔާ މިދިޔަ މޭ މަހުގެ 3 ވަނަ ދުވަހު ހައްޔަރު ކުރީ ސިހުރު ހެދުމަށް ބޭނުން ކުރާ ބަޔެއް އާލާތާއިއެކު އޭނާ ހުރި ގެއިންނެވެ. އަދި އޭނާ ހައްޔަރު ކުރި ގަޑީގައްޔާއި ކޯޓަށް ގެންދިޔަ ވަގުތު ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ އޭނައަށް ހަމަލާދޭން މަސައްކަތް ކުރު އެވެ.

ހަބަރުތަށް ބުނާގޮތުގައި އޭނާ ދުރު ރަށަކުން އެރަށަށް ގެނައީ ފޮނަދޫގައި އުޅޭ ސިޔާސީ ބިޑަކު ބުނެގެން އިންތިހާބު ކާމިޔާބުކޮއް ހުވާ ނުކޮއް އޭރު ހުރި ށ. ފޮނަދޫ ދާއިރާގެ މެމްބަރު މަމްދޫހުއަށް ސިހުރު ހެދުމަ ށެވެ.

އެރަށުގެ ގަސް ގަހުންނާއި އެކިތަންތަނުން އަރަބިން ގުރުއާނުގެ އާޔަތް  ހުންނަ ޒާތަކަށް ލިޔެފައިހުރި އެޗެހިތަކެއް ފެނިފައިވޭ، އަދި އޭގައި މަމްދޫހުގެ ނަން ވެސް އަޅާފައި ހުއްޓެވެ. އަދި ގަސް ގަހަށް ލޯމުރުގައި ލިޔެ ލޯމުރުވެސް ޖަހާފައި ހުއްޓެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *