Wednesday, 28 October 2026

ސްޓެލްކޯގެ ބޯޑު މެމްބަރަކަށް އަބްދުއްރަހީމްގެ ދަރިކަބަލުން ސާޖިދާ އައްޔަން ކޮށްފި

ސްޓެލްކޯގެ ބޯޑު މެމްބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަބަލުން މަރިޔަމް ސާޖިދާ އައްޔަންކުރައްވާ އެކަން ސްޓެލްކޯއިން އިއުލާން ކުރައްވައިފި އެވެ.

ސާޖިދާ އެ ކުންފުނީގެ ބޯޑައް އައްޔަނު ކުރެއްވުމާއި ގުޅިގެން އޭނާއަށް ވަނީ ސްޓެލްކޯގެ އެކްސް އެކައުންޓުގައި އެކުންފުނީގެ އެންމެހާ މެމްބަރުންގެ ނަމުގައި މަރުހަބާ ދަންނަވާފައެވެ.

ސާޖިދާ ވަނީ އިނގިރޭސިވިލާތުގެ ހާޓްފޯޑްޝަޔާ ޔުނިވާސިޓީން އެކައުންޓިން ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލުކުރައްވައި، އެގައުމުގެ ކޮވެންޓްރީ ޔުނިވާސިޓީން ބިޒްނެސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިފައެވެ.

ސާޖިދާ މި މަގާމަށް އައްޔަންކުރީ މިދިޔަ ހޯމަ ދުވަހު ނޮން އެގްޒެކްޓިވް ޑިރެކްޓަރެއްގެ ގޮތުގައިކަމަށް ސްޓެލްކޯއިން ވިދާޅުވި އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *