Wednesday, 28 October 2026

ފޮރިން މިނިސްޓަރު ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގަންނަވަނީ

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ޕޮރިން މިނިސްޓްރީއިން ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީއިން އެކްސްގައި ހިއްސާކުރި ޕްރެސްގައި ވިދާޅުވެފައިވަނީ މިނިސްޓަރު ޒަމީރު ސްރީލަންކާގެ ޕޮރިން މިނިސްޓަރުގެ ދައުވަތަކަށް ލަންކާއަށް މި އަންނަ މަހުގެ 3 ވަނަ ދުވަހުން، އެއީ މިއައްނަ ހޯމަ ދުވަހު ފެށިގެން މި މަހުގެ ހަވަނަ ދުވަހާ ހަމައަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފޮރިން މިނިސްޓރީން ވިދާޅުވިގޮތުގައި މިދަތުރުފުޅުގައި މިނިސްޓަރު ޒަމީރު ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހާއާއި އެ ގައުމުގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދަމާއަށް އިހުތިރާމުގެ ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މިނިސްޓަރު ޒަމީރު އެމް.ޔޫ.އެމް އާއި އެކު ދެގައުމުގެ މަޝްވަރާތައް ބާއްވާނެ އެވެ.ލަންކާގެ ފޮރިން ޕޮރިން މިނިސްޓަރާއި އެކު ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ މަގުތައް ހޯދުމަށް  މިކަމުގެ އިތުރުން، ރާއްޖޭގައި ދިރިއުޅޭ ދިވެހިންނަށް ފަސޭހަ ވަސީލަތްތައް ފޯރުކޮށްދިނުމާ ބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރާނެ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *