Tuesday, 28 July 2026

ގިނައަދަދެއްގެ ހައްޖުވެރިން ފުރަން އަންނާނެތީ ދުރާލާ ފުރަން ދިއުމަށް ފުލުހުން އެދެފި!

ގިނަ އަދަދެއްގެ ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާތީ އެއާޕޯޓްގެ ތޮއްޖެހުމާއި ޓްރެފިކް ބާރުވެސް ބޮޑުވާނެކަމަށް ލަފާކުރެވޭތީ ކުރިޔާލައި ދަތުރަށް ތައްޔާރުވެގެން އެއާޕޯޓަށް އައުމަށް ފުލުހުންގެ ހިދުމަތުން އެދިއްޖެ އެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ މޭ 31 ޖޫން 3، 7، އަދި 10، މި ދުވަސްތަކުގައި އެއާޕޯޓުގައި ޓްރެފިކް ތޮއްޖެހުން ބޮޑުވާނެކަމަށް ލަފާ ކުރެވޭކަމަށެވެ.

ފުލުހުން ވިދާޅުވީ މިކަމާގުޅިގެން އެއާޕޯޓުގެ ޓްރެޕިކް ފްލޯ އޮމާންކަމާއެކު ކުރިޔަށް ގެންދިޔުމަށް އިތުރު ފުލުހުން އެ ދުވަސްތަކުގައި އެއާޕޯޓު ސަރަހައްދުގެ ޓްރެފިކް ބަލަހައްޓަން ނެރޭނެ ކަމަށެވެ.

އަދި ހައްޖުވެރިންގެ އިތުރުން މި ދުވަސްތަކުގައި ފުރަން އަށްނަ އިތުރު ފަރާތްތަކަށްވެސް މިކަމުގެ ސަބަބުން އަސަރު ކުރާނެ ކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުންވެސް ކުރިޔާލާ ދަތުރަށް ތައްޔާރުވެ ކުރިން އެއާޕޯޓަށް އައުމަށް ފުލުހުންވަނީ އިލްތިމާސް ކޮއްފަ އެވެ.

ހައްޖުވެރިން ފުރުވަން އައްނަ އާއިލާތަކާއި އަދި އެއާޕޯޓަށް އައްނަ އެއްގަމު އުޅަދުތަށް ދުއްވުމުގައި ފުލުހުންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް އެ އިދާރާއިންވަނީ އެދިލައްވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *