Tuesday, 28 July 2026

ސްޕެއިން، ނޯވޭ އަދި އަޔަލޭންޑުން ފަލަސްތީނުގެ ދައުލަތް ބަލައިގަނެފި

ސްޕެއިން، އަޔަލޭންޑް އަދި ނޯވޭ އިން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަނެފި އެވެ.

އިއްޔެ މި ތިން ގައުމުން ފަލަސްތީނުގެ ދައުލަތް ބަލައިގަނެފައިވަނީ  މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަށް ސިޔާސީ ހައްލެއް ހޯދުމަށް ކުރާމަސައްކަތަށް އިތުރަށް ފޯކަސްކޮއް އެހެން ޔޫރަޕްގެ ގައުމުތަށްވެސް ފަލަސްތީނުގެ ހަނގުރާމަ ހުއްޓާލައި ހަމާސްއިން ރަހީނުކޮއްފައިވާ މީހުން ދޫކޮއްލުމަށް އެޅި ޑިޕްލޮމެޓިކް ފިޔަވަޅެއް ކަމަށް އެގައުމުތަކާ ހަވާލާދީ ބޭރުވެ މީޑިއާތަށް ބުނެ އެވެ.

މި ތިން ގައުމުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމާއި ގުޅިގެން އިސްރާލާއި މި ތިން ގައުމާމެދުވަނީ ރުޅިވެރިކަން އުފެދިފައެވެ. އިސްރާއީލުން މިކަމާ ނުރުހުންފާޅުކޮއް ބުނީ މި ތިން ގައުމަކީވެސް ޓެރަރިޒަމްއަށް ހިތްވަރުދޭ ޓެރަރިސްޓުން ބަލައިގަށްނަ ތިން ގައުމު ކަމަށެވެ.

މި ތިން ގައުމުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމާއެކު އިސްރާއީލްއިން ވަނީ މި ތިން ގައުމު، ނޯވޭ، އަޔަލޭންޑް އަދި ސްޕެއިންގައި ތިބި އެ ގައުމުގެ ސަފީރުން އަބުރާ އިސްރާއީލަށް ގެނެސްފަ އެވެ.

އިޒްރޭލުން ވަނީ ޓެލްއަވީވްގައި ތިބި އެގައުމުގެ މަންދޫބުންނަށް ރަސްމީކޮށް ފާޑުކިޔާފައެވެ. އަދި މި ތިން މީހުން ވެސް މިދިޔަ ހަފްތާގައި އިސްރާއީލުގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ދިން ހަމަލާތަކުގެ ފޫޓޭޖް މީޑިއާގެ ކުރިމަތީގައި ދައްކާލުމަށެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *