Tuesday, 28 July 2026

20 ވަނަ ރައްޔިތުންގެ މަޖިލިސް ހުވާ ކުރުން މާދަމާ!

މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އިންތިހާބުވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރުމުގެ ޖަލްސާ މާދަމާއަށް ތާވަލު ކޮއްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ 20 ވަނަ މަޖިލީހަށް ހޮވިވަޑައިގަތް މެމްބަރުން ހުވާކުރުން އޮއްނާނީ މާދަމާ ހެދުނު 9:00 ގައި ރައްޔިތުންގެ މަޖިލިސްގެ އިދާރާގައި ކަމަށެވެ.

މި ޖަލްސާގައި ދެން އޮއްނާނީ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް އައްޔަނު ކުރުން ކަމަށާއި އެކަން އޮއްނާނީ 10:15 ގައި ކަމަށްވެސް އެ އިދާރާއިން ވަނީ ހާމަކޮއްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ޖަލްސާގައި ހުވާކުރުމާއި ވޯޓުލުން ކުރިޔަށްދާއިރު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ކަމަށް މަޖިލިސް އިދާރާއިން ވިދާޅުވި އެވެ. ސަބަބަކީ ޝިޔާމްއަކީ މެދުކެޑުމެއްނެތި އެއްމެ ގިނަ ދުވަހު މަޖިލިސް މެމްބަރުކަށް ކުރައްވާފައިވާ މެމްބަރު ކަމަށްވާތީ ކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވި އެވެ.

މަޖިލީހުގެ 76 ގޮނޑި ސަރުކާރު ހިންގާ މައި ޕާޓީ ކޮންގްރެސްއަށް ވަނީ ލިބިފަ އެވެ. މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހްމަދު ނާޒިމް ގެންނަން އެ ޕާޓީން ވަނީ ނިންމާފަ އެވެ. ނާޒިމް ވަނީ ކުރިން ވެސް މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާފަ އެވެ.

މަޖިލީސް އިދާރާއިން އިއްޔެ ވަނީ މަޖިލީހަށް އަހުލުވެރި ކުރުވުމަށް މެމްބަރުންނަށް އިންޑަކްޝަން ސެޝަނެއް ވެސް ހިންގާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *