Wednesday, 28 October 2026

އެމްޑީޕީއާއި ޑިމޮކްރެޓްސްގެ ހަރުގެ ހިންގި ތަން ޕީއެންސީއިން ކުއްޔަށް ނަގައިފި

އާޓިފިޝަލް ބީޗު ކުރިމައްޗަށް ހުންނަ ކުރީގެ އެމްޑީޕީގެ ހަރުގެ އަދި ފަހުން ޑިމޮކްރެޓްސް އުފެދުނު ހިސާބުން ޑިމޮކްރެޓްސް ހައުސްގެ ގޮތުގައި ހުރިތަން ޕީއެންސީއިން ކުއްޔަށް ހިފައިގެން އެ ޕާޓީގެ ހަރުގޭގެ ގޮތުގައި ތަރައްގީ ކުރަން ފަށައިފި އެވެ.

އެމްޑީޕީގެ ހަރުގެ އާއި ދަ ޑިމޮކްޓެރެސް ހައުސް ހިންގި ހ. ވެޔޮވިލާ، އިމާރާތަކީ ޝަފިއްޔާ ޒުބައިރުގެ އިމާރާތެކެވެ. އެ ކަމަނާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެކެވެ.

ޕީއެންސީއިން އެ އިމާރާތް ކުއްޔަށް ނެގުމާގުޅިގެން މިހާރު ދަނީ އެތާގައި ހުރި ޑިމަކްރެޓްސް ހައުސް ރޫޅައި ޕީއެންސީއިން ބޭނުންވާ ގޮތަށް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *