Tuesday, 28 July 2026

2023ގެ ނިޔަލަށް އިންޑިއާގެ އެޗް.އައި.ސީ.ޑީ.ޕީ ސްކީމްގެ ދަށުން 47 ޕްރޮޖެކްޓް، އަށް ޕްރޮޖެކްޓްގެ މަސައްކަތް ހުރީ ނިންމާފަ – އިންޑިއާ ހައިކޮމިޝަން

2023ގެ ނިޔަލަށް އިންޑިއާގެ އެޗް.އައި.ސީ.ޑީ.ޕީ ސްކީމްގެ ދަށުން ރާއްޖޭގައި 47 ޕްރޮޖެކްޓް ހަވާލުކޮށް، އަށް ޕްރޮޖެކްޓްގެ މަސައްކަތް ނިންމާ އިފްތިތާހުކޮށްފައިވާކަމަށް އިންޑިއާގެ ހައިކޮމިޝަނުން ބުނެފިއެވެ.

އިންޑިއާގެ ހައިކޮމިޝަނުން ބުނިގޮތުގައި އެޗް.އައި.ސީ.ޑީ.ޕީ ސްކީމްގެ ދަށުން ދިން މި އެހީތަކަކީ އަހަރުގެ މާޗް މަހުގެ ތެރޭގަ ސުޝްމާ ސްވަރާޖް ރާއްޖެއަށް ވަޑައިގެންނެވިއިރު، މި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓަށް ހިލޭ އެހީ ދިނުމަށް ސޮއިކުރި އެމްއޯޔޫ އަކާއި، 85 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) އެވެ.

2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އޭރގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިންޑިއާއަށް ވަޑައިގެންނެވިއިރު، އެޗްއައިސީޑީޕީތަކުން 155 މިލިއަން ރުފިޔާއަށް ބޮޑުކުރަން އިޞްލާޙުކުރެވުނު އެމް.އޯ.ޔޫ އެވެ.

އަދި އިންޑިއާގެ ފޮރިން މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ކުރެއްވި ޒިޔާރަތުގައި އެޗް.އައި.ސީ.ޑީ.ޕީ ސްކީމަށް 100 މިލިއަން ރުފިޔާގެ އިތުރު ހިލޭ އެހީގެ އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާއިރު، ޖުމްލަ ޚަރަދު ވަނީ 255 މިލިއަން ރުފިޔާއަށް އެރިކަމަށް ބުނެފައެވެ.

އެޗް.އައި.ސީ.ޑީ.ޕީއަކީ މުޖުތަމަޢުތަކާއި ދިވެހި ސަރުކާރުގެ ބޭނުންތަކަށްއި އިސްކަންދީގެން ހިންގާ މަޝްރޫޢުތަކެވެ. އެކަންކަން ތަންފީޒުކުރަނީ ލޯކަލް ކައުންސިލްތަކާއި މުއައްސަސާތަކުން ގުޅިގެންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *