ފަތުރުވެރިއަކު ކ. ތުލުސްދޫއަށް ކުއްތާއެއް އެރުވުމުން ފުލުހުން މެދުވެރިކޮށް އެ ކުއްތާ ބާލައިފިއެވެ.
ކ. ހިންމަފުށީ ބޭރުގައި އޮތް ޔޮޓެއްގައި ފަތުރުވެރިންތަކެއް ގެންގުޅުނު ކުއްތާއެއް ތުލުހުސްދޫއަށް ބޭލި ކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައެވެ.
އަދި އެކުއްތާ މިހާރު އަނބުރާ ޔޮޓަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
އެއީ ހުއްދަ ލިބިގެން ރާއްޖެ އެތެރެކޮށްފައިވާ ކުއްތާއެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.


