Tuesday, 28 July 2026

ގައުމީ ފެންވަރުގައި އީދު ފާހަގަ ކުރާ ތިން ރަށް އިއުލާންކޮށްފި

ގައުމީ ފެންވަރުގައި މި އަހަރުގެ އަޞްހާ އީދު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ތިން ރަށް އިއުލާންކޮށްފި އެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ރާއްޖޭގެ ތިން ސަރަހައްދުގެ ތިން ރަށެއްގައި ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރަން ހެރިޓޭޖް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. ތިން ސަރަހައްދަކީ ރާއްޖޭގެ އުތުރުންނާއި މެދުން އަދި ދެކުނުންނެވެ.

ގައުމީ ފެންވަރުގައި އީދު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ އުތުރުން ރ. އުގޫފާރު، މެދުރާއްޖެތެރޭގެ އަތޮޅުތަކުން ދ. ކުޑަހުވަދޫ އަދި ދެކުނުން ގއ. ވިލިނގިއްޔެވެ.

ގައުމީ ފެންވަރުގައި އީދު ފާހަގަ ކުރުމަށް ހުށަހަޅަން ހެރިޓޭޖް މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ވަރަށް ގިނަ ރަށްރަށުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ބުނެފައިވެއެވެ.

ްހެރިޓޭޖް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ރަށްތައް ކަނޑައަޅާފައިވަނީ ޕްރޮޕޯސަލްތަކަށް ބެލުމަށް ފަހުގައި ކަމަށެވެ.

ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން ރަށްރަށުގައި ކޮންމެ އަހަރަކު ވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެއެވެ. މީގެ ކުރީގެ ސަރުކާރުތަކުން ވެސް ގައުމީ ފެންވަރުގައި އީދު ފާހަގަކުރާނެ ރަށް ކަނޑައަޅައި، އެރަށެއްގައި ކުލަގަދަކޮށް އީދު ފާހަގަކުރެ އެވެ.

މިއީ އެއްރަށްވުރެ ގިނަ ރަށުގައި ގައުމީ ފެންވަރުގައި ޢީދު ފާހަގަ ކުރާ ފުރަތަމަ އަހަރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *