ރާއްޖޭގައި ކައްކާ ލޮނު އުފެއްދުމާ ގުޅޭ ދިރާސާއެއް ކުރަން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއާއި ހަވާލުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިއަދު އިކޮނޮމިކް މިނިސްްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖޭ ރާއްޖެއިން ލިބެން ހުންނަ ވަސީލަތްތަކުގެ ފުރިހަމަ މަންފާ ހޯދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި އެގޮތުން ލޮނު އުފެއްދުމަށް މިހާރު ދަނީ ދިރާސާ ކުރަމުން ކަމަށެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ މިކަމާއި ގުޅޭ ދިރާސާތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ޔޫއެންޑީޕީއާއެކު މަޝްވަރާކުރަމުންދާކަމަށެވެ.
ސައީދު ވިދާޅުވީ ރާއްޖެއަށް އެކި ބާވަތުގެ ކައްކާ ލޮނު އެތެރެ ކުރާކަމަށާއި އަމާޒަކީ ރާއްޖެއަށް ބޭނުންވާ ވަރަށް ލޮނު އުފެއްދުން ކަމަށެވެ.


