Tuesday, 28 July 2026

2 ޑެޕިއުޓީ މިނިސްޓަރަކު ސަސްޕެންޑު ކޮށްފި

ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޝިފާޒް އާއި ލެންގްއޭޖް ކަލްޗާ އެންޑް ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ސައީދު މޫސާ ވަޖުދީ ސަސްޕެންޑު ކޮށްފައިވާކަމަށް އިތުބާރުހުރި މަސްދަރުތަކުން މައުލޫމާތު ދީފިއެވެ.

ސައީދު މޫސާ ވަޖުދީގެ ސުލޫކީ މައްސަލައެއް ބަލަމުންދާތީ ސަސްޕެންޑު ކޮށްފައިވާކަން އެބޭފުޅާއަށް ވެސް އަންގާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޝިފާޒު ސަސްޕެންޑް ކޮށްފައިވަނީ ޑެޕިއުޓީ މިނިސްޓަރު ޝިފާޒުގެ އަހުލާގީ މައްސަލަތަކެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. ސަސްޕެންޑް ކުރިކަން ކަށަވަރުވި ނަމަވެސް އޭނާއަށް އޮތް އެ ތުހުމަތުތަކުގެ ތަފުސީލުތައް އެނގޭގޮތެއް ނުވެއެވެ.

ސަރުކާރުގެ އިތުރު ތިން ޑެޕިއުޓީ މިނިސްޓަރަކުވެސް ސަސްޕެންޝަންގައި އެބަތިއްބެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *